ހުޅުމާލެ ގޯތިތައް ބަހާލީ ރައީސް ސޯލިހުގެ އުފަން ރަށް ހިންނަވަރު މީހުންނަށް

ކްލެއިމްސް

'ދެވަނަ ފިޔަވަހިން' ގޯތި ލިބިފައިވާ ކަމަށް ބުނެ ދައުރުކުރާ ލިސްޓަކީ ހިންވަރު ކައުންސިލުން ނެރުނު އެ ރަށުން ގޯތި ލިބޭ މީހުންގެ ލިސްޓުގެ ފުރަތަމަ ސޮފްހާގެ ފޮޓޯ އެކެވެ. އެ ފޮޓޯ ބޭނުންކޮށް، މި ވަނީ ހުޅުމާލެއިން ގޯތި ލިބޭ މީހުންގެ ލިސްޓެއް އާންމުވީ ކަމަށް ދައްކައި އާންމުންނަށް އޮޅުވާލައި ނުވަތަ މިސްލީޑްކޮށްފަ އެވެ.'ދެވަނަ ފިޔަވަހިން' ގޯތި ލިބިފައިވާ ކަމަށް ބުނެ ދައުރުކުރާ ލިސްޓަކީ ހިންވަރު ކައުންސިލުން ނެރުނު އެ ރަށުން ގޯތި ލިބޭ މީހުންގެ ލިސްޓުގެ ފުރަތަމަ ސޮފްހާގެ ފޮޓޯ އެކެވެ. އެ ފޮޓޯ ބޭނުންކޮށް، މި ވަނީ ހުޅުމާލެއިން ގޯތި ލިބޭ މީހުންގެ ލިސްޓެއް އާންމުވީ ކަމަށް ދައްކައި އާންމުންނަށް އޮޅުވާލައި ނުވަތަ މިސްލީޑްކޮށްފަ އެވެ.

ނިންމުން
ބޮޑުބައި ދޮގު
މި ރޭޓިންއާ ބެހޭ

މާލޭގެ ރަށްވެހިންނަށް ހުޅުމާލެއިން ދޭ 3،000 ގޯތީގެ ތެރެއިން ގިނަ ތަންތަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އުފަން ރަށް ޅ. ހިންވަރަށް ނިސްބަތްވާ މީހުންނަށް ދީފައިވާ ކަމަށް ބުނެ، "ދެވަނަ ފިޔަވަހިން ގޯތި ލިބޭ މީހުންގެ ދާއިމީ" ލިސްޓެއްގެ ސްކްރީން ޝޮޓެއް ޓްވިޓާގައި މީހަކު ހިއްސާކުރުން.

ލިސްޓްގެ ފޮޓޯ ހިއްސާކުރަމުން އެ ފަރާތުން ބުނެފައި ވަނީ: 

"ޅ. ހިންނަވަރު މިފަހަރު ފަޅުވާނެދޯ؟ އިބްރާހިމް މުހައްމަދު ސޯލިހުގެ ޕްރައިވެޓް ރިސޯޓަކަށް ހަދާލާތި ދައުރު ނިމުމުގެ ކުރިން"ޅ. ހިންވަރުގައި ރަޖިސްޓްރީވެފައިވާ 31 މީހެއްގެ ނަމާއި މައުލޫމާތު އެ ލިސްޓުން ފެނޭ

ފެކްޓްޗެކް ކުރީ ކީއްވެ؟

ލިސްޓަކީ އަސްލެއް؛ އެކަމަކު ހިންނަވަރުން ގޯތި ލިބޭ މީހުންހުޅުމާލެއިން ގޯތި ލިބޭ މީހުންގެ ލިސްޓެއް މިހާތަނަށް ހައުސިން މިނިސްޓްރީއިން އެކުލަވާލާފައިވޭތޯ 'ފެކްޓް އެމްވީ'އިން ހައުސިން މިނިސްޓްރީގައި ސުވާލުކުރުމުން އެ މިނިސްޓްރީއިން ބުނީ ހުޅުމާލެއިން ގޯތި ލިބޭ މީހުންގެ ލިސްޓެއް އަދި އެކުލަވާލާފައި ނުވާ ކަމަށެވެ. އަދި އެފަދަ އެއްވެސް ލިސްޓެއް އާންމުވެސް ކޮށްފައިނުވާނޭ ކަމުގެ ޔަގީންކަންދިނެވެ.

'ފެކްޓް އެމްވީ' އިން ބެލި ބެލުމުގައި ވެސް ހުޅުމާލެއިން ގޯތި ލިބޭ މީހުންނާ ގުޅޭ އެއްވެސް ލިސްޓެއް މިނިސްޓްރީއިން އާންމުކުރިކަން ސަރުކާރުގެ ޕަބްލިކް ރެކޯޑްތަކުން ނުދައްކަ އެވެ. 

ހުޅުމާލެއިން ގޯތިދިނުމާ ގުޅޭ ގޮތުން ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ފަހުގެ މައުލޫމާތުތަކަކީ:

22 ފެބުރުއަރީ 2023 (ދައުރު) - ހުޅުމާލެއިން ދޭން އިއުލާންކޮށްފައިވާ ގޯއްޗަށް އެދި ހުށަހަޅާފައިވާ 15،164 ފޯމް އިވެލުއޭޓް ކުރުމަށް 5 މެންބަރުންގެ ކޮމިޓީއެއް ނަގައި ފޯމްތައް އިވެލުއޭޓް ކުރަަން ފެށުން 

4 އެޕްރީލް 2023 (މިހާރު) - މާލެ ސަރަހައްދުން ގޯތި ލިބޭ މީހުން ކަނޑައެޅޭނީ އަންނަ މޭ ފަހުކޮޅު ނުވަތަ ޖޫން މަހުގެ ކުރީކޮޅު

ހުޅުމާލޭއިން ގޯތި ލިބޭނޭ މީހުންގެ ލިސްޓެއް ސަރުކާރުގެ އެއްވެސް އިދާރާއަކުން މިހާތަނަށް އާންމުކޮށްފައި ނުވާއިރު، ޓްވިޓާގައި އާންމުވެގެން އުޅޭ ލިސްޓްގެ ފޮޓޯ ހިއްސާކޮށް އެއީ ކޮން ލިސްޓެއްތޯ ހައުސިން މިނިސްޓްރީއާ، 'ފެކްޓް އެމްވީ'އިން ސުވާލުކުރުމުން ބުނީ އެއީ ހިންވަރު ކައުންސިލުން އާންމުކޮށްފައިވާ އެ ރަށުގެ ހިއްކިބިމުން ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓެއްކަން އެނގިފައިވާ ކަމަށެވެ.

އެކަން ޔަގީންކުރަން 'ފެކްޓް އެމްވީ'އިން ހިންވަރު ކައުންސިލާ ސުވާލުކުރުމުން އެ ކައުންސިލުން ވަނީ، އެ ރަށުގެ ހިއްކި ބިން ނުވަތަ ރަށުގެ ދެ ވަނަ ފިޔަވަހިން ގޯތި ލިބޭ މީހުންގެ މައުލޫމާތު ހިމެނޭ ލިސްޓެއް 23 މާޗް 2023ގައި އާންމުކުރި ކަމަށް ބުނެ އެކަމާ ގުޅޭ ހުރިހާ ލިޔެކިޔުމެއް މި އެޖެންސީއާ ހިއްސާކޮށްފަ އެވެ.

ކައުންސިލުން އާންމުކުރި އެ ލިސްޓްގައިވާ ހުރިހާ މައުލޫމާތަކާއި، ހުޅުމާލެއިން ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓްކަމަށް ބުނެ ޓްވިޓާގައި ދައުރުކުރާ ސްކްރީން ޝޮޓްގައި ހުރި ހުރިހާ މައުލޫމާތެއް މުޅިން އެއްގޮތެވެ. އަދި އެ ފޮޓޯގައިވާ ރަސްމީ ސިއްކައަކީ ވެސް، ހިންވަރު ކައުންސިލްގެ ސިއްކަ އެވެ. 

ނިންމުން - 'ދެވަނަ ފިޔަވަހިން' ގޯތި ލިބިފައިވާ ކަމަށް ބުނެ ދައުރުކުރާ ލިސްޓަކީ ހިންވަރު ކައުންސިލުން ނެރުނު އެ ރަށުން ގޯތި ލިބޭ މީހުންގެ ލިސްޓުގެ ފުރަތަމަ ސޮފްހާގެ ފޮޓޯ އެކެވެ. އެ ފޮޓޯ ބޭނުންކޮށް، މި ވަނީ ހުޅުމާލެއިން ގޯތި ލިބޭ މީހުންގެ ލިސްޓެއް އާންމުވީ ކަމަށް ދައްކައި އާންމުންނަށް އޮޅުވާލައި ނުވަތަ މިސްލީޑްކޮށްފަ އެވެ.

މަސްދަރުތައް
އަހުމަދު ނާއިފް